ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މި ހާދިސާގައި ފިހިފައި ވަނީ ކަރަންޓު މައްސަލަ ހައްލުކުރަން އުޅުނު ސްޓެލްކޯ މުވައްޒަފެކެވެ.
މިކަމާ ބެހޭ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި އަނިޔާވި 43 އަހަރުގެ ދިވެހި ފިރިހެނަކަށް އިމަޖެންސީ ރޫމްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ފިހިގެން ފަރުވާދޭ މީހާގެ ހަށިގަނޑުގެ އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ.
ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ބާ އިންޖީނުގޭގެ ސްވިޗް ގިއާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަމުން ދަނިކޮށް، އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކުންފުނީގެ މުވައްޒަފަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށެވެ
އެ ކުންފުނިން ބުނީ ހުޅުމާލޭ ބާ އިންޖީނުގޭގެ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ކުންފުނީގެ މުވައްޒަފެއްގެ ހަށިގަނޑުގެ އެކި ތަންތަން ފިހި، ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
"މިހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި އެހެން މުވައްޒަފުންގެ އެހީތެރިކަމާއެކު އެމުވައްޒަފަށް ވަގުތުން ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖައްސައި، އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވޭ. އަނިޔާ ލިބުނު މުވައްޒަފަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފާރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރެވިފައި،" ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި ހާދިސާއާ ގުޅިގެން އަނިޔާވި މުވައްޒަފުގެ ފަރުވާއާއި ގުޅޭ އެންމެހާ ކަންކަން ވަރަށް ގާތުން ބަލައި، ކުންފުނީގެ ފަރާތުން ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މުވައްޒަފުގެ އާއިލާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މި ކުންފުނިން މިހާރު މި ދަނީ ކުރަމުން. އަދި ހަމަ މިއާއެކު މި ހާދިސާގެ މިނިވަން ތަހުގީގެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ފަށާފައި ވާތީ، އެ ފަރާތަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ވެސް މި ކުންފުނިން މި ދަނީ ދެމުން،" ސްޓެލްކޯއިން ބުންޏެވެ.
އެ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ބައެއް ފީޑަރުތައް އޮފްވެ، ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މިއަދު ކެނޑުނެވެ. ނަމަވެސް އެ މައްސަލަ ހައްލުކޮށް، ކަރަންޓްގެ ހިދުމަތް އަލުން ވަނީ ދީފަ އެވެ.
އިތުރު ޑްރެޖަރެއް ގެނެސްފި، 3 މަސްތެރޭ ހިއްކައި ނިންމަނީ
މެސީގެ ސަޕޯޓަރުން ބޭނުންވި ގޮތަށް ރޮނާލްޑޯއަށް އަދަބު ނުދިން
މޭޔަރު ކަމަށް މިފަހަރު ވެސް އިއްސެ ކުރިމަތިލައްވަނީ
