ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރު ބާއްވާ ދެވަނަ ޚިތާނީ ކޭމްޕްގައި ރަޖިސްރީ ކުރުމަށް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ ޑިސެމްބަރު 18ގެ ނިޔަލަށް ނަން ނޯޓުކުރަން ހުޅުވާލާފައިވާ ކަމަށެވެ.

ކޭމްޕްގެ ތަފްސީލް:

  • ޕެކޭޖް އަގު: 5,500 ރުފިޔާ (އާސަންދައަށް ފަހު)
  • ރަޖިސްޓްރީ ކުރުމުގެ މުއްދަތު: 26 ނޮވެމްބަރު 2025 އިން 18 ޑިސެމްބަރު 2025 ގެ ނިޔަލަށް
  • ޕްރޮސީޖާ ތާރީޚްތައް: 20 ޑިސެމްބަރު 2025 އިން 24 ޖެނުއަރީ 2026 އަށް

ހިތާނީ ޕެކޭޖްގައި ހިމެނެނީ:

  • ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
  • ޕްރޮސީޖާއާއި ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
  • ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
  • އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
  • އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓާ ކުރުން
  • ފޮލޯއަޕް ކޮންސަލްޓޭޝަން
  • އޮޕަރޭޝަނަށްފަހު ލުއި ކެއުން
  • ޚާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަނަށް ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުން ކަމަށެވެ. މި ޓީމުގައި ހިމެނޭ ޑޮކްޓަރުންނަކީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދު ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށެވެ. އަދި މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.