ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އިދާރާއިން ބުނީ މިިހާރުކުރާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނުގައި އުފެދިފައިވާ ސިސްޓަމެއްގެ ސަބަބުން ލޯ ޕްރެޝާ އިތުރަށް ބާރު ގަދަވެ ކޮޅިގަނޑަކަށް ބަދަލުވުމުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ.
މި ވިއްސާރާގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށާއި، ވިލާގަނޑުގައި ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. އެހެން ނަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އެހާ ގޯސްނުވާނެ ކަަމަށް އެ އިދާރާއިން ބުނެ އެވެ.
މެޓް އޮފީހުން ބުނީ މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން އަލިވާން ފަށާނީ ޑިސެމްބަރު 1 އިން ފެށިގެން ކަމަށެވެ. ނަމަވެސް އުތުރާއި ދެކުނުގެ އަތޮޅުތަކަށް މިމަހުގެ 29 އިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ޓިމޮތީއާއި ކައިލީގެ ގުޅުމުގައި ހަރުކަށި ގަވާއިދުތަކެއް!
މޭޒުދޮށު ވަޒީފާއެއްގައި އުޅޭނަމަ މިކަންކަމަށް ސަމާލުވޭ!