ތޫފާން 'ޑިޓުވާ' ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް: މެޓް އޮފީސް
ސްރީލަންކާއަށް ބުރާސްފަތި ދުވަހު އެރި ތޫފާން 'ޑިޓުވާ' ދަތުރުކުރަމުންދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ހިއްސާކުރި މޫސުމާބެހޭ މައުލޫމާތުގައި ބުނެފައިވަނީ ތޫފާން 'ޑިޓުވާ' މިހާރު ހުރީ ހއ.ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 879 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ އުތުރު އައްސޭރިފަށުގައި ކަމަށެވެ. އަދި މިތޫފާން ދަތުރު ކުރަމުންދަނީ އުތުރުހުޅަގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ފޫޑޫޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރި ފަށާއި ދިމާއަށް، ރާއްޖެއާއި ދުރަށް ކަމަށްވެސް އެ އިދަރާއިން ވަނީ ބުނެފަ އެވެ.
މިތޫފާނާއި ގުޅިގެން ހުދުސަމާލު ނެރެވުނީ މެޓުއޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަހައްދަށް ތޫފާން ވަނުމުން ކަމަށާއި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ދެކުނާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށްވެސް މެޓުން ވަނީ ބުނެފަ އެވެ.
ފާއިތުވި 48 ގަޑިއުރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކޮށްފައިވެ އެވެ. އެގޮތުން އިއްޔެ މެންދުރު ފަހުން ފެށިގެން ރޭގަނޑު އަށަކަށް ބ އަތޮޅުން ފެށިގެން ލ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ހުދުސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނަގޅުވާނެކަމަށް ލަފާކޮށްފަ އެވެ.
'ޑިޓުވާ" ތޫފާނުގެ ސަބަބުން ބުރާސްފަތި ދުވަހު މޫސުން އިތުރަށް ގޯވެސް އަވަށްޓެރި ލަންކާގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެ 56 މީހަކު ވަނީ މަރުވެފަ އެވެ. ފެންބޮޑުވެ އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީ