އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ އިތުރުން މާލޭގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުނި، އާރްސީސީގެ ސަބަބުން މާލޭގެ ގެއެއް ނަގައިގެން ގޮސް، އެގޭގެ މީހުން ހާލުގައި ޖެހުމުން ވެސް އެ ކުންފުނިން އަޅައެއްނުލި އެވެ.

މާލޭގެ މާފަންނު ފެހި އައްސޭރިގެ ގަނބައިގެން ދިޔަ ކަމަށް ހަސަން ރަޝީދު ނަމަކަށް ކިޔާ މީހަކު ވަނީ ވަރަށް އަސަރާއެކު ކިޔައިދީފަ އެވެ.

އޭނާ މި ކަންބޮޑުވުން ހިއްސާކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު މުއިއްޒު މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާއެކު ތާޖުއްދީން ސްކްލޫގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އޭނާ ކިޔައިދިންގޮތުގައި އެ ގެ ގަނބައިގެން ދިޔައީ އެގެއާ ޖެހިގެން ހުރި ގެއެއް އިމާރާތްކުރުމުގެ މަސައްކަތް އާރްސީސީން ކުރަމުންދިޔުމުގެ ތެރޭގަ އެވެ. އެހެންވެ އަމިއްލަ ގޭގައި ނޫޅެވި، މާލޭގެ ގެދޮރު ތިބެ، ރެފިއުޖީންގެ ގޮތުގައި އުޅެން މަޖުބޫރުވެފައިވ ކަމަށް އޭނާ ކިޔައިދިނެވެ.

ހަސަން ރަޝީދު ކިޔައިދިންގޮތުގައި އޭނާގެ އާއިލާ މިހާރު ދިރިއުޅެކީ ކުއްޔަށެވެ. އެކަމާ ގުޅިގެން އާރްސީސީން އެ އާއިލާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ މައްސަލަ މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމުން ވެސް އެއްވެސް އެހީތެރިކަމެއް ނުލިބުނު ކަމަށެވެ. މާލޭގެ މޭޔަރު އާދަމް އާޒިމަކީ އާރްސީސީގެ ހިއްސާދާރެކެވެ.

އެކަމާ ގުޅިގެން އާއިލާއިން ކުރި ބުރަ މަސައްކަތުން ކޮންސްޓަކްޝަން މިނިސްޓްރީ މެދުވެރިކޮށް އާރްސީސީއާ ވާހަކަދެއްކުމުން، އެގެ ހަލާކުކޮށްލި ކަމަށް އާރްސީސީން އެއްބަސްވެފައިވާ ކަމަށް އޭނާ ކިޔައިދިނެވެ.

ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

"ކޮންސްޓްރަކްޝަންސް މިނިސްޓްރީއަށް ވެސް ދިޔައިން. ކޮންސްޓްރަކްޝަންސް މިނިސްޓްރީން ބެލިބެލުމުން، މިހާރު އާރުސީސީން ވަނީ އަޅުގަނޑުމެންގެ ގެ ހަލާކުކޮށްލި ކަމަށް އެއްބަސްވެފައި،" އޭނާ ބުންޏެވެ.

އެކަމަށް ހެއްލެއް ހޯދައިދިނުމަށް ހަސަން ރަޝީދު އާދޭސް ދެންނެވުމުން ވެސް އެކަމާ ގުޅިގެން ރައީސް މުއިއްޒު އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

"ވަރަށް މާފާއެކީ ދަންނަވަން. ނާޒިމް އެންޑް އާޒިމް، ޝޭމް އޮން ޔޫ،" ހަސަން ރަޝީދު ބުންޏެވެ.

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވެސް އަދި އާރްސީސީން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.