ދިރާގު ފިންޓެކްއިން ކުރިއަށް ގެންދާ ދިރާގުޕޭ ޑައުންލޯޑުކޮށް ރަޖިސްޓަރީކޮށްގެން 50،000 ރުފިޔާ ހޯދުމުގެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ނިޔަލަށް ހަމަވާނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ދިރާގުޕޭއަށް ރަޖިސްޓަރީކޮށްފައިވާ އަދި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މި އަގުހުރި އިނާމު ލިބޭނެ އެވެ. މި ގޮތުން، ރާއްޖޭގެ މޮބައިލް ނަންބަރެއް ގެންގުޅޭ ކޮންމެ ފަރާތަކަށް ވެސް ދިރާގުޕޭއަށް ރަޖިސްޓަރީކުރެވޭނެ އެވެ.
ދިރާގު ފިންޓެކް އިން ވަނީ ދާދި ފަހުން އެއް ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮމޯޝަނަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބުވަނީ ލިބިފަ އެވެ. މިއީ، ދިރާގުޕޭގެ މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފާތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިންގ، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވާ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.
މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
ޖަސްޓިންއާއި ކޭޓީ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ޔަގީން ކޮށްދީފި
އިޒްރޭލުގެ މީހުންނަށް އެހީވާން ގާލް ގޮވާލައިފި
ލަންޑަނުގައި ޝާހްރުކް ޚާންއާއި ކާޖޮލްގެ މޮނިއުމެންޓެއް!
