މާލޭގައި ކަނޑިއެއް ގެންގުޅުނު މީހަކާއެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދައި, އޭނާގެ އަދަބު ލުއިކޮށްދީފި އެވެ.
މިދިޔަ ޖުލައި މަހު މަގުމަތީގައި ބަޔަކު ހަތިޔާރު ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން އެ މީހުން ފާސް ކުރިއިރު އޭގެ ތެރެއިން އެކަކު ގެންގުޅުނު ޑަސްބިން ކޮތަޅެއްގެ ތެރެއިން ފެނުނީ ދިގުމިނުގައި ދެ ފޫޓް ހުންނަ ކަނޑިއެކެވެ. އެ މައްސަލާގައި ދައުވާކުރީ ގދ. ހޯނޑެއްދޫ މީހެއްގެ މައްޗަށެވެ.
އެ ކުށުގެ އަދަބަކީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުމެވެ. އެކަމަކު ދައުލަތުން އެ މީހާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހެދީ އެންމެ ހަ މަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ. އަދި އޭނާ ބަންދުގައި ހޭދަކުރި ހަތަރު މަސް ދުވަހުގެ މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަންޖެހެނީ އެއް މަހުގެ ޖަލު އަދަބެކެވެ.
އެ އެއްބަސްވުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅީ އިއްޔެ އެވެ. އެހެންކަމުން އެ މީހާ އަންނަ މަހު މިނިވަންވާން އެވެ.
ރާއްޖޭގައި ކަނޑިއަކީ ހަމައެކަނި ސިފައިންނާއި ފުލުހުންގެ ރަސްމީ ބޭނުމަށް ނޫނީ އެތެރެ ނުކުރެވޭ ހަތިޔާރެކެވެ.
މީގެކުރިން ވަގަށް ކަނޑި އެތެރެކޮށްގެން ގެންގުޅުނު މީހުންނަށް ދިގު މުއްދަތުގެ ޖަލު ހުކުމްތައް ވެސް އިއްވާފައި އެބަހުއްޓެވެ.
ސިއްހަތަށް ގެއްލުންހުރި ކާނާ ކާ ހިތްވަނީ ކީއްވެ؟
އެކަކު 100އަށްވުރެ ގިނަ ކާޑުން ބޭރު ގައުމުތަކުގައި ބޭނުންކުރި
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އިތުރު ފްލެޓެއް ލިބޭނެ: ރައީސް
