ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށާފައި ވާތީ، ނޯތު ހާބަރުގެ އިރުމަތީ ފަރާތުން ދޯނިތައް ނަގަން އެމްޕީއެލް އިން މިއަދު އަންގައިފި އެވެ.
މިކަން އަންގާ އެމްޕީއެލް އިން ކުރި އިއުލާނުގައި ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ފަށައި ތިން މަސްދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތުގެ ދަށުން މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި އެ މަސައްކަތުގެ ފުރަތަމަ ބައިގައި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތު ހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރުގެ ސަރަހައްދެއްގައި ކަމަށެވެ. އެއީ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ދަތުރުވެރިންގެ މާރުކޭޓާ ދެމެދެވެ.
މަސައްކަތްކުރާ ސަރަހައްދުގައި ހުރި ދޯނިފަހަރު ނަގަން ޖެހޭ ސަރަހައްދު އެނގޭނެ ގޮތަށް އެއްގަމު ތޮށީގައި ފާހަގައެއް ޖަހާފައި ވާނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
އެ ސަރަހައްދުގައި ބަނދަރުކޮށްފައި ހުރި ހުރިހާ ދޯނިތައް އަންނަ ހުކުރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ނަގަން އެމްޕީއެލް އިން ވަނީ އަންގައިފަ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި، 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ކަމަށްވާ މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީ މައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި، އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފަ އެވެ. އެ މަސައްކަތް ނިންމާލުމަށް ފަހު މަގު ހުޅުވާލީ މިދިޔަ ހަފުތާގަ އެވެ.
އެ މަޝްރޫއުގެ ދެވަނަ ސެގްމަންޓުގެ ދަށުން ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ރޯދަ މަހުގެ ކުރިން ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފާފައި އެވެ.
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
ރަޝިއާގެ މުދަލާއި ފައިސާ ހިފަހައްޓަން އީޔޫ އިން ނިންމައިފި
އުތުރު ކޮރެއާގައި ކުރުން މަނާ ކަންތައްތަކެއް!