މާލެ ސިޓީ ކައުންސިލްގެ ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އަލުން އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އެ ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީހެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތް ކައުންސިލަރުންނެވެ. އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަށްފަހު އެ ދެ ބޭފުޅުން ގުޅުނީ ދަ ޑިމޮކްރެޓްސްއަށެވެ. އެ ޕާޓީގެ ލީޑާޝިޕް ހިމެނޭހެން ގިނަ އަދަދެއްގެ މެންބަރުން ވަނީ އަލުން އެމްޑީޕީއާ ގުޅިފަ އެވެ.

އެމްޑީޕީއާ މީގެކުރިން އަލަށް ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އީވާ އަބްދުالله ގެ އިތުރުން ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ، މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އާއި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީގެ އިތުރުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު ހިމެނެއެވެ.