ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މުހިންމު ސާޖަރީއެއްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދުރާލާ ރާވައިގެން ކުރި މި ސާޖަރީ ކޮށްފައި ވަނީ މިއަދު ކަމަށެވެ. އެ ސާޖަރީ ކޮށްފައި ވަނީ ސިންގަޕޫރުގަ އެވެ.
އެ މިނިސްޓްރީން ބުނީ ޒަމީރުގެ ސާޖަރީ ކާމިޔާބު ކަމަށެވެ. އަދި ހާލު ވެސް ރަނގަޅު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އަންނަ ހަފުތާ އިން ފެށިގެން މިނިސްޓަރު އެނބުރި އޮފީހަށް ނުކުންނަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ޒަމީރުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ޒަމީރު މީގެ ކުރިން ހިތުގެ ސާޖަރީއެއް ވެސް ހަދާފައިވެ އެވެ.
މީގެއިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވެސް ގެންދަވަނީ ކިޑްނީގެ ސީރިއަސް ބައްޔަކަށް ފަރުވާ ކުރައްވަމުންނެވެ.
ފެރީ އެއްބަސްވުން ބާތިލްކުރުމުން 11 މިލިއަން ޑޮލަރު ހޯދަން ކޯޓަށް
ހޫތީން ރިޔާދަށް ފޮނުވާލި ބެލެސްޓިކް މިސައިލެއް ހުއްޓުވައިފި
އެލާމްއަކާ ނުލައި ހޭލަން ހަށިގަނޑު ހާނުވާނީ ކިހިނެއް؟
