އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުން އާސަންދަ ހަމަޖެހިގެން ފުރަން ގޮސް ތިބި އެތައް ބަޔަކާ ފުރަން ފުލައިޓަށް އަރާތިބި ބަޔަކަށް އާސަންދަ އޮފީހުން ގުޅާ، ހޮސްޕިޓަލް ބަދަލުވިކަމާއި އަމިއްލަ ޖީބުން ފަރުވާ ކުރިއަށް ގެންދަންޖެހިދާނެކަން އަންގަން ފަށައި، ހާލުބޮޑު ބަލިމީހުންނާއި އާއިލާތައް ކުއްލި ހާސްކަމުގެ ތެރެއަށް ވައްޓާލައިފި އެވެ.
މިކަން އެންމެބޮޑަށް ދިމާވާން މިފެށީ މިއަދުން ފެށިގެންނެވެ. "ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މިކަން ދިމާވާން ފެށީ ހޮސްޕިޓަލުގެ އަގު އެއްހަމަކުރާކަން ދުރާލާ އަމްރިތާ ހޮސްޕިޓަލުން އާސަންދަ އޮފީހަށް އަންގާފައިވަނިކޮށް، އާސަންދަ އޮފީހުން މިކަމަށް މާބޮޑު ސަމާލުކަމެއްނުދީ ތިއްބާ އެ އެންގުމަށް އަމްރިތާ ހޮސްޕިޓަލުން އަމަލުކުރަން ފެށުމުންނެވެ.
މިކަމާ ގުޅިގެން ބޭސްފަރުވާ އާއި ހޮސްޕިޓަލުގެ އަގުތަކަށް އިތުރުވާ 2000 ޑޮލަރާއި 3000 ޑޮލަރު ނުވަތަ 5000 ޑޮލަރުވެސް އަމިއްލަ ޖީބުން ހަރަދުކުރަންޖެހުމުގެ ފުރުސަތުވަނީ ބޮޑުވެފަ އެވެ. އަދި އެބަދަލު ބަލިމީހާ ނުވަތަ އެހީތެރިޔާގެ އަމިއްލަ ޖީބުން ދޭން އެއްބަސްކުރުވާ އާސަންދަ އޮފީހުންވަނީ ކޮންސެންޓް ފޯމުގައި ސޮއިކުރުވަން ފަށާފަ އެވެ.
އަމްރިތާ ހޮސްޕިޓާ ކައިރިން އެޑްވާންސް ޕޭކޮށް، އެކަމަޑޭޝަން ދުރާލާ ނަގާފައިވާ ފަރާތްތައް، އަމިއްލަ ޖީބުން ބޮޑެތި އަދަދުތައް ޕޭކުރަންޖެހުމުގެ ބިރާއެކު، އެހެން ދިމަދިމާއަށް ހޮސްޕިޓަލް ބަދަލުކުރަންޖެހުމުން އެކަމަޑޭޝަނަށްވެސް ދެ ހަރަދުކުރަންޖެހުމުން އަންނަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ޒަރިޔަންދު ނުކުންނަނީ
މިއަހަރުގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި
އާލިއާއަށް ލޯބިން ކިޔައި އުޅުނު ނަން އެނގޭތަ؟
