އެމްޑީޕީ ސަރުކާރުން އިމާރާތްކުރި 4000 ފްލެޓްގެ ކުލި ބޮޑުކުރެއްްވުމަށްފަހު، ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ދިމާކޮށް ކުލިތައް ރައީސް މުހައްމަދު މުއިއްޒު ކުޑަކޮށްދެއްވައިފި އެވެ.
ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވަން ނިންމެވިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަ އެވެ.
ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ބޮޑުކުރުމުގެ އިތުރުން ޑައުންޕޭމަންޓްގެ ގޮތުގައި ފައިސާ ނެގުމަށް ވެސް ރައީސް މުއިއްޒު ނިންމެވި އެވެ. ޑައުންޕޭމަންޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް މިދިޔަ ސަރުކާރުން ނިންމާފައެއްނުވެ އެވެ.
ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިން ގޮތުގެ ތަފްސީލް މިއަދު ހާމަކުރައްވާފަ އެވެ.
މުއްތަލިބު ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓެއްގެ ކުލި 6000 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ ސަރުކާރުން ވެސް ކަނޑައެޅި ވަރެވެ. މެއިންޓަނަސް ފީގެ ގޮތުގައި ދެ ކޮޓަރީގެ ފްލެޓުން ނަގަން ނިންމީ 1000 ރުފިޔާ އެވެ.
ތިން ކޮޓަރީގެ ފްލެޓްގެ ކުލި ކުޑަކުރީ 8500 ރުފިޔާއަށެވެ. މިދިޔަ ސަރުކާރުން ނިންމީ ތިން ކޮޓަރީގެ ފްލެޓުން 8000 ރުފިޔާ ކުލީގެ ގޮތުގައި ނެގުމަށެވެ. މެއިންޓަނަންސް ފީގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓުން ނަގަނީ 1500 ރުފިޔާ އެވެ.
ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުން އަންނަނީ ކުރިން ނުކުރަން ނިންމާފައިވާ ކަންތައްތައް ކުރަމުންނެވެ.
ކައިލީއާއި ޓްރެވިސްގެ ގުޅުން ނިމުނު އަސްލު ސަބަބު!
ވެނެޒުއެލާއާ ދެކޮޅަށް އެޅި ފިޔަވަޅުން ތެލުގެ އަގު އުފުލިއްޖެ
ބާޖަކުން ގެއްލުނު މީހަކު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނިއްޖެ
