ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އައިފޯން 17 ޕްރޯ މެކްސް އެއް ހޯދުމުގެ ރަނުގެ ފުރުސަތު އޮތްކަން އިއުލާންކޮށްފި އެވެ.
ޑީޖީޖީއަށް ހަމައެކަނި ސައިން-އަޕްކޮށްލައިގެން ބައިވެރިވެވޭ މި ގިވްއަވޭ މެދުވެރިކޮށް ނަސީބުވެރި އެއް ފަރާތަކަށް އެންމެ ފަހުގެ މުޅިން އާ އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު ގޭމާސް ގިލްޑަށް ސައިން-އަޕް ކުރާނީ dgg.mv މެދުވެރިކޮށެވެ.
މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު 28 ފެބުރުވަރީގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.
އެންޖެލީނާއާ ދެކޮޅަށް ކޯޓުގައި ބްރެޑްއަށް ބޮޑު މޮޅެއް!
ޑޮލަރުގެ މައްސަލައަށް ލުޔެއް ލިބޭނެ ކަމުގެ އިޝާރާތެއް
އީރާނުން އެމެރިކާއާއެކު ކުރަމުންދިޔަ މަޝްވަރާތައް ހުއްޓާލައިފި
