ވައިގެ މަގުން ގެންނަ މުދާ ކްލިއާ ކުރުމަށް ކަސްޓަމްސް އިން ދޭ ހިދުމަތްތައް 24 ގަޑިއިރު ދޭން ފަށައިފި އެވެ.
ކަސްޓަމްސް އިން ބުނީ ވައިގެ މަގުން އަންނަ މުދާ ކްލިއާކުރުމާ ގުޅޭގޮތުން އެ އިދާރާ އިން ދެމުން އަންނަ ހުރިހާ ހިދުމަތެއް މިހާރު 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މިއީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވިޔަފާރިވެރިންނާ ބައްދަލުކުރުމުން ލިބުނު ކަންބޮޑުވުމަކާ ގުޅިގެން އެމަނިކުފާނުގެ އެންގެވުމަށް ނިންމި ނިންމުމެކެވެ.
ރައީސްގެ ބައްދަލުވުމުގައި ކުރިއާ ހިދުމަތް ދޭ ކުންފުނިތަކުން ވަނީ ވައިގެ މަގުން ގެންނަ މުދާ ކްލިއާ ކުރުމުގައި ގިނަ ދުވަސް ހޭދަވާތީ ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ.
ވިޔަފާރިވެރިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެމްއޭސީއެލްގައި ކުރިއާ ސްކޭންކުރަން އެންމެ މެޝިނެއް ހުރުމާއި އެ މަސައްކަތް ކުރަން ކަސްޓަމްސް އިން މަދު މުވައްޒަފުން ތިބުން ހިމެނެ އެވެ.
ހަސީނާއާ ގުޅުންހުރި 6.2 ބިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
ބޮލީވުޑްގެ ކަންކަން ނިކްއަށް މާ ބޮޑަށް އެނގޭ: ޕްރިޔަންކާ
ޖަޕާނުން ރާއްޖެއަށް 1 މިލިޔަން ޑޮލަރުގެ އެހީ ދީފި
