ދިރާގުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން އަގުހުރި އޮފާތަކެއް ތައާރަފުކޮށްފި އެވެ.

މި އޮފާތަކުގެ ތެރޭގައި ހިމެނޭ ޕްލޭންތައް

ފްލެކްސީއަވާ: މި އެޑް-އޮން އަކީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންއެކެވެ. އެންމެ 10 ރުފިޔާއިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީ ޑޭޓާގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އިންޓަރނެޓް ބްރައުސްކުރުމަށާއި، ސްޓްރީމް ކުރުމަށާއި، އަދި ޑައުންލޯޑް ކުރުމަށް ބޭނުން ކުރެވޭނެ އެވެ.

ސަޅި 365 ޑޭސް: ސަޅި 365 ޑޭސް ޕްލޭންގެ ދަށުން، އެއް އަހަރު ދުވަހަށް 765 ޖީބީ ޑޭޓާ ލިބޭނެ އެވެ. މީގެ އިތުރުން، ގާނާ އެޕްލިކޭޝަން މެދުވެރިކޮށް އެއް އަހަރުގެ މުއްދަތައް ލަވަ އަޑުއަހާލުމުގެ ފުރުސަތު މުޅިން ހިލޭ ލިބޭނެ އެވެ. މި ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް 1ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ، 300ޖީބީ އެންޓަރޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބޭނެ އެވެ.

ސަޅި 180 ޑޭސް: ސަޅި 180 ޑޭސް އޮފަރ އަކީވެސް ދިގު މުއްދަތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާ ޕްލޭންއެކެވެ. މި ޕްލޭންގެ ދަށުން 1 ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބޭނެ އެވެ. މި ޕްލޭންގައި ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރު 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް ޑޭޓާ 180 ދުވަހުގެ މުއްދަތަށް ބޭނުންކުރުމަށް ލިބޭނެ އެވެ.

ސަޅި 90 ޑޭސް: ސަޅި 90 ޑޭސް އޮފާއަކީ ކަސްޓަމަރުންނަށް ދުވާލަކަށް 2ޖީބީ ޑޭޓާ، 120ޖީބީ އެންޓަރޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެ އޮފާއެކެވެ.

ދިރާގުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ތަރައްގީކޮށް، އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އޮފަރތައް ފޯރުކޮށްދީ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.