ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެއީއަށް 41 މީޑިއާ އަކުން ޝަރުތު ހަމަވާ ކަމަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.
ރޭ ދަންވަރު އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނީ މާލީ އެހީއަށް އެދި ހުށަހެޅި 57 މީޑިއާގެ ތެރެއިން 41 މީޑިއާ އަށް ފައިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ޔޫތު މިނިސްޓްރީން މީޑިއާތަކަށް ފައިސާ ދިނުމަށް ނިންމި ލިސްޓްގައި ޝަރުތު ހަމަވާ ކަމަށް ބުނެފައިވަނީ 18 މީޑިއާ އެކެވެ. ނަމަވެސް ފަހުން މާލީ އެހީ ދިނުމުގެ ކަންކަން ކުރުން މީޑިއާ ކޮންޓްރޯލު ކޮމިޝަނާއި ހަވާލުކޮށް އުސޫލަށް ބަދަލުގެނެސް އަލުން ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ކުރިން އޮތް ބައެއް ޝަރުތުތައް ލުއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ހިންގާ މީޑިއާތަށްވެސް މި ގްރާންޓަށް ޝަރުތުހަމަވާ ކަމަށް ހިމެނުން ހިމެނެ އެވެ.
މާލީ އެހީ ލިބޭ މީޑިއާތަކާއި އެތަންތަނަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްސީލު މީޑިއާއެޕް ޕޯޓަލްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ. މީޑިއާ ތަކަށް ލިބޭ ފައިސާގެ އަދަދު ޕޯޓަލުން އެނގޭކަށް ނެތެވެ. އުސޫލުގައި ބުނެފައިވަނީ ފައިސާ ދެނީ އެ މީޑިއާކަށް ލިބޭ ޕޮއިންޓަށް ބަލައި، ވަކި ހާއްސަ ފޯމިއުލާއަކުން ކަމަށެވެ. ދައުލަތުގެ ބަޖެޓުން 28 މިލިއަން ރުފިޔާގެ މާލީ އެހީ މީޑިއާތަކަށް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ދިރާގުން 2026 ވަނަ އަހަރަށް އަގުހުރި އޮފާތަކެއް
ދިރާގުން ދޭ ސްޕީޑްބޯޓް ހޯދަން ބާކީ ތިން ދުވަސް
"ﷲގެ އިރާދަފުޅާއެކު" 1000 ގޯލު ހަމަ ކުރާނަން: ރޮނާލްޑޯ