ސަރުކާރުން މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި 86 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކޮންމެ ގޭބިސީއަކަށް މަސްދަޅު ބެހުމަށް ތައްޔާރުވެއްޖެ އެވެ.
މިފްކޯ އިން ބުނީ 118،000 މަސްދަޅު ކޭސް އެ ކުންފުނިން ބަންދުކުރަމުން އަންނަ ކަމަށެވެ. އެއީ ކޭހެއް 700 ރުފިޔާގެ ރޭޓުން ބަލާނަމަ 86 މިލިއަން ރުފިޔާއެވެ. މަސް ދަޅު ކޭހެއް ލިބެނީ އެ އަގަށެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރޯދަ މަހަށް ބޭނުންވާ މަސްދަޅު ކޭސްތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުންފުނީގެ ކެޕޭސިޓީއަށްވުރެ މަސްދަޅު ކޭސްތައް ގިނަކަމުން 30،000 އަށް ވުރެ ގިނަ މަސްދަޅު ކޭސް ހދ. ކުޅުދުއްފުށި ޕޯޓާއި އައްޑޫ ހިތަދޫ ޕޯޓުގެ ގުދަންތަކުގައި ބަހައްޓާފަ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ޖުމްލަ 111،231 މަސްދަޅު ކޭސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ދީފަ އެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި ރަށްރަށުގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.
ކައުންސިލް އިންތިހާބުގައި 294،937 މީހުންނަށް ވޯޓު ލެވޭ
ނިދާ ކޮޓަރީގެ އަލި ގަދަކޮށް ބަހައްޓާނަމަ ހިތުގެ ބަލިތައް ޖެހޭ!
