މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާތަކުގެ ގުޅޭގޮތުން ހުކުމް އިއްވުން ފަސްކޮށްފި އެވެ.
މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ރިޝްވަތުގެ ހަތް ދައުވާއެެއް އޭނާގެ މައްޗަށް އުފުލިއިރު,އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ ކުރިން އޮތީ، 12 އަހަރާއި ނުވަ ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ބާކީ ފަސް ދައުވާއާ މެދު ގޮތެއް ނިންމަން މިއަދަށް ކްރިމިނަލް ކޯޓުން ތާވަލްކުރި އަޑުއެހުން ވަނީ އެހެން ދުވަހަށް ފަސްކޮށްފަ އެވެ.
މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ ރާއްޖެ އައުމުން، އޭނާ ފުރުން މަނާކޮށް, ދައުވާކުރި އެވެ.
ރާނީ އޭނާގެ ދަރިފުޅު ދެކެ ބިރު ގަންނަނީ މިހެންވެ!
ދިރާގު ރޯދަ ރެޑީ- ކޮންމެ ދުވަހަކު ހާއްސަ އިނާމުތަކެއް
