ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި 20 ރުފިޔާއަށް މިފްކޯއަށް ގަންނަން ފަށައިފި އެވެ.
މިފްކޯއިން ބަލަހައްޓާ، ކަނޑުއޮތްގިރިއަށް ބޮޑު ކަންނެލި ކިލޯއެއް 25 ރުފިޔާއަށް ގަންނަން ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އޭގެ ފަހުން، އިއްޔެ މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރު ނެރުއްވި މެމޯއެއްގައި ވަނީ އެ ކުންފުނީގެ ސެންޓަރުތަކާއި ބޯޓުތަކަށް ބޮޑު ކަންނެލި ގަންނަ އަގަށް ބަދަލުތަކެއް ގެނައިކަން އިއުލާންކޮށްފަ އެވެ.
އެ މެމޯގައި ވަނީ، 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނާނީ 20 ރުފިޔާއަށް ކަމަށް ކަމަށެވެ. އަދި، 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާއަށް ގަތުމަށް ވަނީ ނިންމާފަ އެވެ.
ދުވާލަކު އެންމެ 5 މިނެޓުގެ ކަސްރަތުން އުމުރު ދިގު ކޮށްދޭ!
ލުބުނާނަށް ހަމަލާދޭނަމަ ހަނގުރާމައެއް ފަށާނެ ކަމުގެ އިންޒާރު ދީފި
61 އަހަރުގައި އާމިރު ތިންވަނަ ކައިވެންޏެއްގެ މިސްރާބަށް!
