ކޮރަޕްޝަންގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ކުރި ރިޝްވަތު ފަސް ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް 2014 އިން 2018 ގެ ނިޔަލަށް ހުރިއިރު މޯލްޑިވްސް ގޭހާއި މުއާމަލާތްކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ މައުމޫންގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް ދައުލަތުން ކުރި އެވެ.
އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ ކުރިން އޮތީ، 12 އަހަރާއި ނުވަ ނުވަ މަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ބާކީ ފަސް ދައުވާގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ މައުމޫންގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށެވެ.
މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ބަލަމުން ދަނިކޮށް މައުމޫން ރާއްޖެއިން ބޭރަށް ގޮސް ގިނަ ދުވަސްތަކެއް ވަންދެން އުޅުނީ ރާއްޖެއިން ބޭރުގަ އެވެ. ނަމަވެސް 2024 ވަނަ އަހަރު އޭނާ ރާއްޖެ އައުމުން، އޭނާ ފުރުން މަނާކުރި އެވެ.
ކުދި ކަންނެލި 20 ރުފިޔާއަށް މިފްކޯއިން ގަންނަން ފަށައިފި
ބެކަމް އާއިލާގެ މެދުގައި ހާޖާނު ބޮޑުވެއްޖެ
ކާންޔޭގެ ޝޯއެއް އަންނަ އޭޕްރީލް މަހު އިންޑިއާގައި!