އަގު ބޮޑުވުމުގެ ސަބަބުން އާސަންދަ ދިނުން ހުއްޓާލި، އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފަށައިފި އެވެ.
ބެންގަލޫރުގައި ހުންނަ މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހު ގައެވެ. އޭރު މެދުކަނޑާލީ، ހަމައެކަނި އަޓު ޕޭޝަންޓުންނަށެވެ.
އޭރު، އާސަންދައިން ބުނީ އެ ހިދުމަތްތައް ދިނުން ހުއްޓާލީ އަގުތައް ބޮޑުވުމުން ކަމަށާއި އަގުތައް ހެޔޮކޮށް ހިދުމަތްތައް ދިނުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އެ ހޮސްޕިޓަލަށް އަލުން އާސަންދަ ދޭން ފެށީ މީގެ ތިން މަސް ކުރިން ކަމަށް އާސަންދައިން ބުންޏެވެ.
ދިވެހިން ވަރަށް ގިނައިން ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ޒިޔާރަތްކުރެ އެވެ. އެގޮތުން އެންމެ ގިނަ ދިވެހިން ބޭސްކުރަން ދާ އިންޑިއާގެ ސިޓީތަކުގެ ތެރޭގައި ކޮޗިން، ޓްރިވެންޑްރަމް އަދި ބެންގަލޫރު ހިމެނެ އެވެ.
ގޭތެރޭގެ ކަންކަމާ ޝަކުވާ ކުރުމުގެ ހުއްދައެއް ނޯވޭ: ޝާހްރުކް ޚާން
ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާއަށް އަރައިފި
ޕީއެންސީއާ އެކު ކޯލިޝަން ހަދަން އަދާލާތު ޕާޓީން ނިންމައިފި