ބޮލީވުޑްގައި މަސައްކަތްކުރާ އަންހެން އެކްޓަރުންގެ ތެރެއިން ގުދުރަތީ ރީތިކަން ލިބިފައިވަނީ އެންމެ އެކްޓަރަކަށް ކަމަށާއި އެއީ އައިޝްވާރްޔާ ރާއީ ކަމަށް މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ބުނެފި އެވެ.
ފަރާ މި ބީދައިން ވާހަކަ ދައްކާފައިވަނީ އޭނާގެ ކައްކާ ދިލިޕްއާއެކު ސޯޝަލް މީޑިއާއަށް ދޫކުރަމުން އަންނަ ވްލޮގްތަކުގެ ތެރެއިން ވްލޮގެއްގައި ވާހަކަ ދައްކަމުންނެވެ.
އެ ވީޑިއޯގައި ފަރާގެ ގުދުރަތީ ރީތިކަމަށް ދިލިޕް ތައުރީފު ކުރުމުން އޭނާގެ ރީތިކަމުގެ ފަހަތުގައި ވަނީ ރެނޭ ބްރޭންޑްގެ އުފެއްދުންތައް ކަމަށް ފަރާ ބުނެ އެވެ.
އެއާއެކު އައިޝްވާރްޔާ ފިޔަވައި ގުދުރަތީ ރީތިކަން ލިބިފައިވާ އެހެން އެކްޓަރެއް ނުފެންނަ ކަމަށް ބުނަމުން ފަރާ ވަނީ އައިޝްވާރްޔާއަށް ތައުރީފު ކޮށްފަ އެވެ.
އައިޝްވާރްޔާއަކީ 1994 ވަނަ އަހަރު ބޭއްވި މިސް ވޯލްޑް ރީތީގެ މުބާރާތް ކާމިޔާބުކުރި ފަރާތެވެ. އެ މުބާރާތް ކާމިޔާބު ކުރުމަށްފަހު ބޮލީވުޑްގެ ކާމިޔާބު އެތައް ފިލްމަކުން އޭނާ ފެނިގެންދިޔަ އެވެ.
އެގޮތުން އޭނާ އެންމެ ފަހުން ފެނިގެންދިޔައީ 2023 ވަނަ އަހަރު ރިލީޒް ކުރެވުނު މަނީ ރަތުނާމްގެ "ޕޮންނިޔަން ސެލްވަން 2"އިންނެވެ.

ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ނޯތު ހާބަރުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލެއް
ހަނގުރާމައަށް 11 ދުވަސް: އީރާނުގެ ރައްދު ހަމަލާތައް ވަރުގަދަ