އައިވީއެފް ފަރުވާގެ ތެރެއިން އެމެރިކާގެ ފްލޮރިޑާއަށް ނިސްބަތްވާ ދެމަފިރިއެއްގެ ދަރިފަންޏާއި ބިސް އޮޅުވާލާފައިވާތީ އެ ފަރުވާ ކުރިއަށް ގެންދިޔަ އޯލާންޑޯގެ އައިވީއެފް ފާޓިލިޓީ ކްލިނިކަކަށް އެ ދެމަފިރިން ދައުވާ ކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖޯން އަދި ޖޭން ނަމަކަށް ކިޔާ އެ ދެމަފިރިން ވަނީ އައިވީއެފް މެދުވެރިކޮށް އެ މީހުންނަށް ލިބުނު ދަރިފުޅަކީ ޑީއެންއޭގެ ގޮތުން އެމީހުންނާ އެއްވެސް ގުޅުމެއް ހުރި ކުއްޖެއް ނޫނެވެ.
ޖޯންއާއި ޖޭންގެ ދަރިފަންޏާއި ބިސް ބޭނުންކޮށްގެން އެ ކްލިނިކްގައި ތިން އެމްބްރިއޯއެއް ފާޓިލައިޒް ކުރި ކަމަށާއި އޭގެ ތެރެއިން އެއް އެމްބްރިއޯ މިދިޔަ އަހަރުގެ މާޗް މަހު ޖޭންގެ ރަހިމަށް ލެއްވި ކަމަށެވެ.
އެ ފަރުވާއަށްފަހު ޖޭން ބަލިވެ އިނދެ ދުވަސްފުރާ ވިހޭއިރު ދަރިފުޅުގެ ފަރާތުން ނަސްލީ ތަފާތުތަކެއް ފެންނާތީ އެމީހުން ޑީއެންއޭ ޓެސްޓެއް ކުރި އެވެ.
އެ ޓެސްޓުން ދަރިފުޅާއި އެމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނެތްކަން އެނގުނުއިރު އެކަމުން ހާމަވެގެންދިޔައީ ކްލިނިކުން ޖޭންގެ ރަހިމަށް ލާފައިވަނީ އެ ދެމީހުންގެ ދަރިފަންޏާއި ބިހުން ފާޓިލައިޒްކުރި ބިސް ނޫން ކަމެވެ.
މި މައްސަލާގައި މައްސަލަ ހުށައެޅި ފަރާތުން ވަނީ އެ މީހުންގެ ކުރިން އެ ކްލިނިކުން ފަރުވާ ހޯދި އެހެން މީހުންނަށް އިންޒާރު ދީ ސަމާލުވުމަށް އަމުރު ނެރެދިނުމަށް އެދިފަ އެވެ.
މިކަމާ ގުޅޭގޮތުން އައިވީއެފް ކްލިނިކުން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ބުނެފަ އެވެ.
ކުޑަކުދިން ހައިޟުވާ އުމުރު އަވަސްވަނީ މިހެންވެ!
ހެރީގެ ކޮންސެޓުތަކުގެ އަގުބޮޑުވާ މައްސަލަ ހޫނުވެއްޖެ
"ދަ ބީޓްލްސް"ގެ ފުރަތަމަ ފެނިލުން އާއްމުކޮށްފި