މާލޭ ސިޓީގެ މޭޔަރު ކަމަށް ސިފައިންގެ ތެރޭގައި ރިޓަޔާކޮށްފައި ތިބި މީހުން ފިޓެއް ނުވާނެ ކަމަށާއި އެފަދަ މީހުން ފިޓުވާނީ ގައުމުގެ ދިފާއީ ކަންކަމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް (ރިޓަޔަޑް) މޫސާ އަލީ ޖަލީލު އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މޭ އައްޑަނައަކަށް ނަގަން ޖެހޭނީ ގައުމުގެ ދިފާއީ ކަންކަމުގައި ކަމަށާއި ރައްޔިތުންނާއި ގުޅުންހުރި މުނިސިޕަލް ކަންކަމުގައި މޭ އައްޑަނައަކަށް ނަގަން ނުޖެހޭ ކަމަށެވެ. އަދި މޭ އައްޑަނައަކަށް ހަދަންޖެހޭ ކަންކަމަށް ޖަލީލު ނިކުތުން މާ ރަނގަޅު ވާނެ ކަމަށާއި މާލޭގެ މޭޔަރު ކަމަކީ ރައްޔިތުންގެ ހިދުމަތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިތަނަކަށް ސިފައިންގެއިން ރިޓަޔާކޮށްފައި ތިބި މީހުންނެއް ފިޓެއް ނުވާނެ. ފިޓު ނުވާކަން މި ފެންނަނީ ކުންފުނިތަކަށް ލީމަ ވާގޮތުން. އެހެންވީމަ ޖަލީލު ނޫޅުއްވާ މިކަމާ،" ޔާމީން ވިދާޅުވި އެވެ.
މާލެއަކީ ހުރިހާ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ތަނެއް ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ މާލޭގެ މޭޔަރަކަށް އަންނަ މީހަކީ އެންމެންގެ އިހުސާސުތަކަށް އިހުތިރާމުކުރާ އެންމެންގެ އުއްމީދުތައް ދަންނަ މީހަކަށްވާން ޖެހޭ ކަމަށެވެ.
މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމްއަކީ ރައީސް މުހައްމަދު މުއިއްޒު ތަމްސީލުކުރާ މީހެއް ކަމަށާއި އަދި ޖަލީލަކީ ރައީސް މުއިއްޒުގެ އަޅެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މިިނިވަން ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ހޮވަން ޖެހޭ ސަބަބަކީ އެއީ ކަމަށްވެސް ވެސް ޔާމީން ވިދާޅުވި އެވެ.
އިންޑިއާގެ ބަޖެޓުން ރާއްޖެއަށް އެހީގެ ގޮތުގައި 60 މިލިއަން ޑޮލަރު
މި ބާވަތްތައް އައިސް އަލަމާރިއަށް ލުމަކީ ގޯހެއް!
އެޕްސްޓީންއަށް ސިޔާސީ މަޝްރަހުގެ ހުރިހާ ކަމެއް ވަހީދު ހިސާކުރި