މި އަހަރުގެ މެރިން އެކްސްޕޯގައި މޮޓޯ އެކްސް މޯލްޑިވްސްއިން ވިއްކާ އެކި ޕްރިމިއަމް ބްރޭންޑުތައް ދައްކާލަން ނިންމައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މާދަމާ ފަށާ މެރިން އެކްސްޕޯގައި މޮޓޯއެކްސްގެ ސްޓޯލުގައި ޝޯކޭސް ކުރާނީ ދުނިޔޭގެ ނަން މަޝްހޫރު މެރިން ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ "ޕާސަން" އާއި "ސީކީޕާ" އަދި "ޝެލް ލުބްރިކަންޓްސް"ގެ ޕްރޮޑަކްޓުތަކެވެ. އެގޮތުން އެ ސްޓޯލްގައި "ޕާސަން" ބްރޭންޑުގެ އައުޓްބޯޑު އިންޖީނުތައް ޝޯކޭސް ކޮށްފައި ހުންނާނެ އެވެ. އެއީ ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ އެއް އައުޓްބޯޑް ބްރޭންޑެވެ. އެއީ އިތުބާރު ހިފޭ އަދި މޮޅު ބްރޭންޑެއް ކަމަށް މޮޓޯ އެކްސްއިން ބުންޏެވެ.

މޮޓޯ އެކްސްގެ ސްޓޯލްގައި "ސީކީޕާ" ބްރޭންޑުގެ ޖައިރޯ ވެސް ހުންނާނެ އެވެ. "ސީކީޕާ"ގެ ޖައިރޯ ސްޓެބިލިޓީ އަކީ ދުނިޔޭގައި ބެންޗްމާކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އުފެއްދުމެކެވެ.

ރާއްޖޭގެ މެރިން ދާއިރާގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ޝެލް ލުބްރިކަންޓުގެ އުފެެއްދުންތައް ވެސް އެތަނުގައި ހުންނާނެ އެވެ. އެއީ ދުނިޔޭގެ އެންމެ ކުރީގައި ހިމެނޭ ލުބްރިކަންޓް ސަޕްލަޔަރެވެ.

ޝެލް ލުބްރިކަންޓަކީ އަގުހެޔޮ އަދި އިންޖީނު ހަލާކުވުން ކުޑަކޮށްދޭ އެއްޗެކެވެ. މޮޓޯ އެކްސްއިން ވިއްކާ އެކި އުފެއްދުންތަކުގެ މައުލޫމާތު މެރިން އެކްސްޕޯގެ އެކުންފުނީގެ ސްޓޯލުން ލިބެން ހުންނާނެ އެވެ.

އެ ބްރޭންޑުތަކުގެ ޕްރޮޑަކްޓުތައް ގަންނަން ބޭނުންވާ ފަރާތްތަކުން ސްޓޯލަށް ދިޔުމުން ހާއްސަ އޮފާތަކެއް ލިބޭނެ އެވެ.

މެރިން އެކްސްޕޯ ކުރިއަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 އަށެވެ.