ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ، ގައުމު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖެނެރަލް ސެކްރަޓަރީ މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މަލީހް މިފަދައިން ފާޑުވިދާޅުވީ، ރާއްޖޭގައި ކައްކާ ގޭހުގެ ސްޓޮކް ދަށްވެ، ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކަން ފެށުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މަލީހް ވިދާޅުވި ގޮތުގައި ގައުމުގެ ހާލަތު މިހާ ދަށަށް ދިޔައީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވުމާއި، ސަރުކާރުގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ނާގާބިލުކަމުގެ ސަބަބުންނެވެ.
މަލީހްގެ ޕޯސްޓުގައި ރައީސް މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައި ވިދާޅުވީ، "ގައުމު ހިންގުމުގައި ރައީސް މުއިއްޒު ނާކާމިޔާބުވެފައިވާ" ކަމަށެވެ. އަދި އަސާސީ ހިދުމަތެއް ކަމަށްވާ ކައްކާ ގޭސް ފަދަ ތަކެތި ލިބުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މާލެއާއި އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުން ގޭސް ލިބުމުގައި ދަތިތަކެއް އުޅޭ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާ މިދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
"ނިންމުންތަކަށް އިހުތިރާމް ނުކުރާނަމަ ކުލަބު ދޫކޮށް ދާންވީ
އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް
ގޭތެރެއިން ފަރުނީޗަރު މަދުކޮށްލާ!