އިސްލާމިކް މިނިސްޓްރީން މައުލޫމާތު ނުދީގެން ހުށަހެޅި މައްސަލައަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އިން ތާވަލުކުރި ބައްދަލުވުމަކަށް ހާޒިރުނުވި މައްސަލައިގައި އެ މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.
އައިކޮމްއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މައުލާުމާތު ހޯދަން ހުށަހެޅި ދެ ހުށަހެޅުމަކަށް އިސްލާމިކް މިނިސްޓްރީން ޖަވާބުދީފައިނުވާތީ އޭގެ ޝަކުވާ އެ އިދާރާއަށް ހުށަހެޅި ކަމަށެވެ.
އެހެންވެ އެ ދެ ޝަކުވާ ބެލުމަށްޓަކައި ބައްދަލުވުމެއް މިދިޔަ އަންގާރަ ދުވަހަށް ތާވަލުކުރި ކަމަށާއި އެ ބައްދަލުވުމަށް ހާޒިރުނުވެވޭނެކަން އަންގައި ބައްދަލުވުން ފަސްކޮށްދޭން މިނިސްޓްރީން އެންގި ކަމަށެވެ. އެހެންވެ އެ ބައްދަލުވުން އިއްޔެއަށް ތާވަލުކުރުމުން ދެން ވެސް ހާޒިރުނުވެވޭނެކަން އަންގައި ބައްދަލުވުން ފަސްކޮށްދޭން އެދުނު ކަމަށް އައިކޮމްއިން ބުންޏެވެ.
އަދި އެ ބައްދަލުވުން މިއަދު ބާއްވަން ތާވަލުކުުރި ކަމަށާއި ނަމަވެސް މިއަދުގެ ބައްދަލުވުމަށް ހާޒިރުނުވެ ނައި ސަބަބުވެސް މިނިސްޓްރީން ނޭނގި ކަމަށް އައިކޮމްއިން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ އަމަލަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސް އެޅުން ކަމަށް އައިކޮމްއިން ބުންޏެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ ޖޫރިމަނާ ކުރީ 700ރުފިޔާއިންނެވެ.
2022ގެ ވޯލްޑް ކަޕްގައި ދެއްކި ޖުވާގެ އިސްތިހާރުތަކުގެ ނުފޫޒު ބޮޑު
ބިކިނީގައި އުޅޭ މައްސަލަ ހައްލުކުރަން ޕެޓިޝަނެއް ހުށަހަޅައިފި
ތައިލެންޑުގެ ވޯޓުލުން ނިމި ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި
