ކަނޑުމަގުން ރާއްޖެ އެތެރެކުރަން ކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ޑްރަގްސް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.
އެކަން ހާމަކޮށް ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެ އިން ބޭރުން މާލޭގެ ވިޔަފާރި ބަނދަރަށް ގެނައި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާ ކަމަށެވެ. އަދި ހެދި ޓެސްޓުތަކުން އެއީ ހަޝިޝް އޮއިލް ކަން އެނގިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓްމްސް އިން ބުނި ގޮތުގައި ވިޔަފާރި ބަރުދަނުގައި 36.43 ކިލޯ ހަޝިޝް އޮއިލް ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި، އެ ތަކެތި ހުރީ ރަބަރު ޕެކެޓުތަކެއްގައި ބަންދުކޮށްފަ އެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަން ހާމަކޮށްފައެއްނުވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް، އަތުލައިގަތް މަސްތުވާތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަދީބުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދައުވާކޮށްދޭން އެދިއްޖެ
"އެބެނޭޒާ"ގެ އާ ޓްރެއިލާ" ޖޮނީ ޑެޕް މުޅިން ތަފާތު ގޮތަކަށް!
ޝަކީރާއާ ގުޅުނު ކަމަށް ބުނާ ހަބަރުތައް ބެން ދޮގުކޮށްފި