މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް އަލްމަރުހޫމް އިބްރާހީމް ފަރީދު އަހުމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.
އެއްފަހަރާ 300 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ ޖާގައިގެ މި މިސްކިތް ހުޅުއްވާދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން، އަބްދުﷲ ފަރީދު އަދި އަބްދުއް ރަހްމާން ފަރީދެވެ.
ދީނީ ދައުވަތުގެ މަސައްކަތެއްގައި މެލޭޝިޔާއަށް ވަޑައިގެން ކުއަލަލަންޕޫރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވަނިކޮށް ޝައިޚް ފަރީދު 53، އަވާހަރަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ.
ޝައިޚު ފަރީދު އަވަހާރަވުމާއެކު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވި ހިދުމަތް ޖަމިއްޔާއިން އޭނާގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމައި، އެ ކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުސަތު ހުޅުވާލި އެވެ. މި މިސްކިތް އެޅުމަށް އެހީވުމަށް ހުޅުވައިލި ފުރުސަތުގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވަނީ މިސްކިތް އަޅަން ހޭދަވާނެ ކަމަށް އަންދާޒާކުރި 760،000 ރުފިޔާ ހަމަވެފަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން، ހުދުމަތް ޖަމިއްޔާއިން މިހާރު ވަނީ ރާއްޖޭގައި ވެސް ޝެއިޚް ފަރީދުގެ ނަމުގައި މިސްކިތެއް ބިނާކުރުމަށް އިއުލާނުކޮށްފަ އެވެ. އެގޮތުން ހުޅުމާލެ ފޭސް ތިނެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2،500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
ޝައިޚް ފަރީދަކީ ރާއްޖެއާއި އެކި ގައުމުތަކުގައި ދީނީ ދައުވަތު ދެއްވުމުގައި އިހްލާސްތެރި މަސައްކަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ރޯދަ ކުރު ކުރަން ކުރެވިދާނެ ރަނގަޅު ދެތިން ކަމެއް!
އެޕްސްޓީންގެ ޖަރީމާތަކުގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
އައްޑޫ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑިއްޖެ