މި އަހަރުގެ ދިރާގު 3X3 ޗެލެންޖް ބާސްކެޓް މުބާރާތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު މާދަމާ ހަމަވާނެ އެވެ.

އެ ފުރުސަތު ހަމަވާނީ މާދަމާ މެންދުރު 02:00ގަ އެވެ. މި ފޯރިގަދަ މުބާރާތް މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 1 އިން 7 އަށް ސޯޝަލް ސެންޓަރު އައުޓްޑޯ ކޯޓުގަ އެވެ.

ޓައިޓަންސް ބާސްކެޓް އެކެޑެމީ އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓް ބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ. މިދިޔަ އަހަރު މި މަގުބޫލު މުބާރާތުގައި 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ވަނީ ފެނިގެންގޮސްފަ އެވެ.

މި އަހަރު މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކަށް ބަހައިލައިގެންނެވެ. މި ކެޓަގަރީތަކަކީ:

އެކެޑެމީ ކެޓެގަރީ:

  • 8 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 10 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 12 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން

އޯޕެން ކެޓެގަރީ:

  • 14 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 16 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • 18 އަހަރުން ދަށް، އަންހެން އަދި ފިރިހެން ޑިވިޝަން
  • ފިރިހެން ޑިވިޝަން 1
  • ފިރިހެން ޑިވިޝަން 2
  • އަންހެން ޑިވިޝަން
  • ބެލެނިވެރިން – ފިރިހެން
  • ބެލެނިވެރިން – އަންހެން

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޓީމުތަކުން ރެޖިސްޓަރީވުމަށް މި ލިންކަށް ކްލިކްކޮށްލައްވާ!

ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯލް ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.