ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހަދަން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމި ނިންމުމަށް ތާއީދު ކަމަށެވެ.
"ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި، ޕާޓީގެ ނިންމުމަށް އަޅުގަނޑުވެސް ތާއީދުކޮށް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ތައްޔާރު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް ކުރާ ހަރަދު ބޮޑު ނޫން ކަމަށާއި ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޓެކްސް ނިޒާމު ގާއިމުކުރެވި ދައުލަތުގެ އާމްދަނީ އިތުރުވުން ކަމަށެވެ.
އިންތިހާބުތައް ބާއްވާ، ރައްޔިތުންގެ ބައިވެރިވުން އިތުރުވުމަކީ ތަރައްގީއަށް އެންމެ ބޮޑަށް މަގުފަހިވާ ސަބަބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ބައިވެރިވުން ކުޑަ ކުރާ އެއްވެސް ކަމަކަށް ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށެވެ.
ބޮޑު ދެ އިންތިހާބު އެއްކޮށްލުމާ މިފަހަރު ދެކޮޅު ހެދިނަމަވެސް މީގެކުރިން ނަޝީދު ވަނީ އެކަމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ބޮޑު ދެ އިންތިހާބު އެކުގައި ބާއްވަން ފެނޭތޯ ބަލަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމަށް އެމްޑީޕީން ވަނީ ހައިކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ދިރާގު ގުޑިފެސްޓް ހުކުރު ދުވަހު މާލެ އުސްފަސްގަންޑުގައި
ބަންގީގެ އަޑަށް ހިތް ލެނބި އިސްލާމްވި އުޚުތެއް!
އެމްޑީޕީން އަނެއްކާ ވެސް ބޮޑު އެއްވުމެއް މާޗު 21 ގައި
