މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައިވާ މި ނާޒުކު ދަނޑިވަޅުގައި، ރާއްޖެ އަށް އަންނަން ތިބި 30-35 ޕަސެންޓް އައުން ހުއްޓިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މެދުއިރުމައްޗަކީ ރާއްޖެ އަށް ގިނަ ޓޫރިސްޓުންތަކެއް އައުމަށް ބޭނުން ކުރާ ރޫޓެއް ކަމަށްވުމުން އެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. އިއްޔެ އިން ފެށިގެން މިއަދާ ހަމައަށް މިހާތަނަށް ވިއްސަކަށް ފްލައިޓް ކެންސަލް ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން 1،900 އެއްހާ ޓޫރިސްޓުންނަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިހާރުން މިހާރަށް ބަދަލަނީ އޭޝިއާ ސަރަހައްދުން ޓޫރިސްޓުންނަށް ރާއްޖެ އާދެވޭނެ އިތުރު މާކެޓު ހޯދުމަށްޓަކައި މަސައްކަތް ކުރަން ކަމަށް ތޯރިގު ވިދާޅުވި އެވެ.
"ސީދާ ރަޝިއާ އިން ވެސް ޓޫރިސްޓުންނަށް އާދެވޭ ގޮތް ހެދިއްޖެ ނަމަ އެއީ ހަމަ އަންނަ ފަރާތްތަކަށް ފަސޭހަވެގެންދާނެ. އެގޮތުން މި އަންނަނީ މަސައްކަތްތަކެއް ކުރަމުން، އިންޑަސްޓްރީއާ ވެސް ވާހަކަ ދައްކައިގެން،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ގޯތި މައްސަލާގައި ފަޒީލާ އެކު 12 މީހަކަށް ދައުވާކޮށްފި
އީރާނުން ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފި
ދެ އިންތިހާބު އެއްކޮށްލަން ކުރީ ސަރުކާރުން ވެސް ބޭނުންވި: ޝިޔާމް
