މާލެއާ 2،500 ކިލޯމީޓަރު ދުރުން އިންޑޮނޭޝިއާގެ ސްމަޓްރާއަށް މިއަދު ބިންހެލުމެއް އަތުވެއްޖެ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނީ އިންޑޮނީޝިއާގެ ސުމަޓްރާގެ އުތުރުގެ ސަރަހައްދަށް 6.1 މެގްނިޓިއުޑްގެ ބާރުމިނުގައި ރާއްޖެ ގަޑިން މިއަދު ހެނދުނު 10 ޖަހަނިކޮށް ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އެންމެ ގިނަ އަދަދަކަށް ބިންހެލުން އަންނަ އެއް ސަރަހައްދު ކަމަށްވާއިރު، 2004 ވަނަ އަހަރު އެގައުމުގެ ސުމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފަ އެވެ.
ލ. ލިންކް ރޯޑްގައި މީހަކު މަރުވި މައްސަލާގައި ނައުސާން ޖަލަށް
އުމުރާއެކު ފިރިހެނުންގެ ދިރިއުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭ!
ހެނދުނު ބަނޑުހައި ނުވުމަކީ ހަކުރު ބަލީގެ އަލާމާތެއް ތަ؟