ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވިއިރު އެއްވެސް އޮފިސަރަކު ކުރިމަތިލާފައި ނުވާތީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފި އެވެ.
ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލެވޭނީ އެސިސްޓެންޓް ކޮމިޝަނަރުން ފެށިގެން މަތީ ރޭންކުތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންނަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލުމުގެ ހުޅުވާލިއިރު، ސުންގަޑި ހަމަވީ މިއަދު 2:00 އަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު އެކެއް ޖެހުމާ ހަމަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ރިޓަޔަކުރެއްވުންނެވެ. އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާ އެވެ.
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
ޖެނީވާގައި ރާއްޖެއިން ކުށްވެރިކުރީ އީރާނު އެކަނި
