އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭން، ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ނުހުޅުވުނު ކަމުގައި ވިޔަސް ނިންމާލުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ އަރިސް ބޭފުޅުންނަށް ވިދާޅުވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް (ޑަބްލިއުއެސްޖޭ) އިން ރިޕޯޓްކޮށްފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި މި ރިޕޯޓުގައި، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ އުނދަގޫ މަސައްކަތް ފަހުގެ ތާރީޚަކަށް ބޭއްވުމަށްފަހު ވެސް ހަނގުރާމަ ހުއްޓާލުމުގެ ވިސްނުން ޓްރަމްޕް ގެންގުޅުއްވާ ކަމަށެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި އޮތުމަކީ ބައިނަލްއަގުވާމީ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ނަމަވެސް، ޓްރަމްޕްގެ މި ނިންމެވުމަކީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބެލެވެ އެވެ.
މި ރިޕޯޓާ ގުޅޭގޮތުން ވައިޓް ހައުސްއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައި ނުވާއިރު، މިއީ އީރާނާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާގެ ސިޔާސަތަށް އަތުވެދާނެ ބޮޑު ބަދަލެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.
މެޑޮކްސް ވެސް ނަމުން ބައްޕަގެ ނަން އުނި ކުރަނީ!
ޓްރަމްޕްގެ ޝަރުތުތައް ފުރިހަމަނުވުމުން އެއްބަސްވުމަކަށް ނާދެވުނު
ސިއްހަތަށް ފައިދާހުރި ކާނާ ވެސް ހުސް ބަނޑާ ކާނަމަ "ވިހައަކަށް"!