މެދުއިރުމަތީގެ ހަމަނުޖެހުންތައް ފެށުނު ފަހުން، އޮސްޓްރިއާގެ ވައިގެ ސަރަހައްދުން އަސްކަރީ އުޅަނދުތައް ދަތުރުކުރުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އެގައުމުން ނޫނެކޭ ބުނެފައިވާ ކަމަށް އޮސްޓްރިއާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބުރާސްފަތި ދުވަހު އޭއެފްޕީއަށް ވިދާޅުވެއްޖެ އެވެ. މިގޮތަށް ނިންމީ އެގައުމުގެ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުންނެވެ.
ކާނަލް މައިކަލް ބައުއާ ވިދާޅުވީ، އެފަދަ ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ. އަދި ހަނގުރާމައެއްގައި ބައިވެރިވާ ގައުމަކުން އެފަދަ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، ކޮންމެ ފަހަރަކުވެސް އެކަމަށް އިންކާރުކުރާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
1955 ވަނަ އަހަރުން ފެށިގެން އޮސްޓްރިއާއަކީ ވަކި ފަރާތަކަށް ނުޖެހޭ (ނިއުޓްރަލް) ގައުމެކެވެ. އެގައުމުގެ އުތުރު، ދެކުނު އަދި އިރުމަތީ ބިތުގައި އޮތީ ނޭޓޯގެ މެންބަރު ގައުމުތަކެވެ. ހުޅަނގުގައި އޮތީ ވަކި ފަރާތަކަށް ނުޖެހޭ ސުވިޒަލޭންޑެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ނުދިނުމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަރަންސޭސިވިލާތާއި ސްޕެއިން ފަދަ ޔޫރަޕްގެ ގައުމުތަކަށް ފާޑުވިދާޅުވެފަ އެވެ.
މީގެ އިތުރުން، މާޗް މަހުގެ މެދުތެރޭގައި ސުވިޒަލޭންޑުން ވެސް ވަނީ އެގައުމުގެ ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތަށް ރިއާޔަތްކޮށް، އެގައުމުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދިނުމަށް އިންކާރުކޮށްފަ އެވެ.
ޒޭންގެ އާ އަލްބަމްގައި ނުސްރަތުއަށް ހާއްސަ ލަވައެއް!
ހީނާ ރާއްޖޭގައި ތަފާތު ކަމެއް ދަސްކޮށްފި
ބީއެމްއެލްގެ އެންއޯޕީ ހުރީ ވަރަށް ރަނގަޅު މިންވަރެއްގައި