ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީއަކީ އެ ދެމީހުންގެ އާއިލީ ދިރިއުޅުމުގެ ކަންކަން މީޑިއާއާ ހިއްސާކުރާ ދެމަފިރިންނެވެ.
އެގޮތުން ދާދި ފަހުން އަބީޝޭކް މިވަނީ އެމީހުންގެ 14 އަހަރުގެ ދަރިފުޅު އާރަދްޔާ ބައްޗަން ބެލުމުގައި އެދެމަފިރިން ގެންގުޅޭ އުސޫލުތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ލިލީ ސިންހްގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން އަބީޝޭކް ބުނީ އާރަދްޔާ ބެލުމުގައި އޭނާއާއި އައިޝްވާރްޔާގެ މެދުގައި ވަކި މީހަކަށް ވަކި ދައުރެއް ކަނޑައެޅިފައި ނޯންނަ ކަމަށެވެ.
އެގޮތުން ދަރިފުޅުގެ އެކި ކަންކަމުގައި ދެމީހުންގެ ބައިވެރިވުން ވެސް އެއްވަރަކަށް ހިފަހައްޓަން މަސައްކަތްކުރާ ކަމަށް އަބީޝޭކް ބުނެފައިވެ އެވެ.
އެއާއެކު އާރަދްޔާ ބެލުމުގައި އެމީހުން އެންމެ އިސްކަންދޭ އެއް ކަމަކީ ނަމޫނާ ދައްކައިގެން ކުރިއަށް ގެންދިއުން ކަމަށް ވެސް އަބީޝޭކް ބުންޏެވެ.
"ހުރިހާ ވެސް ކަމަކީ ދަރިންނަށް ރަނގަޅު އަޙްލާގާއި ރީތި އާދަތަކުގެ އިތުރުން ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން" އޭނާ ބުންޏެވެ.
2007 ވަނަ އަހަރު ކުލަގަދަ ހަފްލާއެއްގައި ކައިވެނިކުރި އަބީޝޭކްއާއި އައިޝްވާރްޔާއަށް އާރަދްޔާ ލިބިފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޓޮމްއާއި ޒެންޑާޔާ ސިއްރުން ކައިވެނި ކުރީތަ؟
އޭޕްރީލް 5 އަދި 6 ވެސް ސަރުކާރު ބަންދު
ސަމާލުވޭ! ރުޅިއަކީ ހިތުގެ ސިއްހަތަށް ވެސް ބޮޑު ނުރައްކަލެއް!