މިއަދު ކުރިއަށް ދިޔަ ތާރީޚީ ފެންނަނުފެންނަ ވޯޓުގައި، ސަރުކާރުން ހުށަހެޅި ގޮތާ ދެކޮޅަށް ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ރައީސް މުހައްމަދު މުޢިއްޒު އާއި ސަރުކާރަށް "ނޫނެކޭ" ބުނެފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް މި ވޯޓު ނެގުމަށް ނިންމެވީ ރައީސް މުއިއްޒުގެ ގަރާރަކުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސަރުކާރުން މިގޮތަށް ހުށަހެޅީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގްސަދުގައި ކަމަށް ބުނެފައިވީ ނަމަވެސް، މިއަދުގެ ވޯޓުން ފެނިގެންދިޔައީ ރައްޔިތުން އެކަމަށް ތާއީދު ނުކުރި ތަނެވެ.
މިރޭ ލިބުނު ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، ވެރިކަން ކުރާ ޕީއެންސީން ވަރަށް ބޮޑަށް އުންމީދު ކުރި ގޮތާ ހިލާފަށް، ވޯޓުލީ މީހުންގެ ބޮޑު އިންސައްތައެއް ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ނުފެންނަކަމަށް ވޯޓު ދީފަ އެވެ. މިއީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުން ދިން ބޮޑު މެސެޖެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ.
ރައްޔިތުންގެ އާންމު ވޯޓުން ސަރުކާރު ބޮޑު ބައްޔަކުން ބަލިވުމުގެ އިތުރުން، މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ސިޓީތަކުގެ މޭޔަރުންގެ ގޮނޑިވެސް ދިފާއުކުރީ އިދިކޮޅު އެމްޑީޕީންނެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީން ނެގުމުގެ އިތުރުން، ގިނަ ރަށްރަށުގެ ކައުންސިލް ގޮނޑިތައްވެސް ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.
ރައްޔިތުންގެ މި ނިންމުމަކީ ސަރުކާރުގެ ދެކޮޅު ނުޖެހޭ ސިޔާސަތުތަކާއި ކޮރަޕްޝަން ބޮއްސުންލައިގެން ދިއުމަށް ރައްޔިތުން ފާޅުކުރި ބޮޑު ނުރުހުމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އޭޕްރީލް 5 އަދި 6 ވެސް ސަރުކާރު ބަންދު
ކެމްޕޭން ބަންދުވިފަހުން ރައީސް ޕޯސްޓެއް ކުރެއްވި މައްސަލައެއް
އާއްމުވަމުން އަންނަ މި އާދައަކީ ތިބާގެ ހަލާކު!
ތެދުފުޅެއް
ރިޕްލައި