އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ވޯޓުން އިންތިހާބުކުރި ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ރެއާ ހަމައަށް ވަނީ 50 އަށް ވުރެ ގިނަ ސޮއި ހަމަކޮށްފަ އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެދެން އުޅެނީ ގަޕޯ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުމަށެވެ.
ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފެށީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ކުއްލިގޮތަކަށް ވަކިކުރުމުންނެވެ.
އެއްވެސް ސަބަބެއް ނާންގައި ކުއްލިގޮތަކަށް އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ގަޕޯއަށް ވަނީ އަމާޒުވެފަ އެވެ.
މިކަމާ ގުޅިގެން އިބްރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާއި ގަޕޯ "ރަނގަޅަށް މޮޔަވެއްޖެ" ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާ އިން އެ އައިޓަމް އުނިކުރުމުން އެމްޑީޕީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ރިޓަޔާ ކުރަން ފަރުހާދު ފިކުރީއަށް ރައީސް މުއިއްޒު އަންގަވައިފި
އީރާނުގެ ޝަރުތުތަކަށް އެމެރިކާ އެއްބަސްވާނެކަމުގެ ޔަގީކަން ދީފި
ދެ ހަފްތާއަށް ހަނގުރާމަ މެދުކަނޑާލިކަން އިއުލާން ކޮށްފި
