ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ ތަން ބަދަލުކުރަން ބޭނުންވާ މީހުންނަށް ރީ- ރަޖިސްޓްރޭޝަންވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފަ އެވެ. މި ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުނެގުމަށް ނިންމާފައި ވަނީ އެ ދާއިރާތަކަށް އިންތިހާބު ކުރަން ޖެހޭ އަދަދަށް ވުރެ ގިނަ މީހުންނަށް އެއްވަރަކަށް ވޯޓު ލިބިފައި ވާތީ އެވެ.
ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލަކު ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަގާމަށް މެންބަރުން އިންތިހާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރު އާމިނަތު އަޒީފާ ވިދާޅުވީ މި އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުވާ ފަރާތްތަކަށް އެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އެގޮތުން، ވޯޓުލާ ދާއިރާތަކުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ރައްޔިތުން ރަޖިސްޓްރީކޮށްފައި ވާނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލި ސަރަހައްދުތަކުގައި ކަމަށާއި އަލަށް ވޯޓުލުމުގެ ޙައްގު ލިބޭ ފަރާތްތަކުގެ ރަޖިސްޓްރީ އޮންނާނީ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ތަނެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޯޓާސް ލިސްޓަށް ބަލާލާއިރު 18 އޭޕްރިލްއަށް ލިސްޓަށް އިތުރުވެފައިވާ ފަރާތްތަކުގެ މައުލޫމާތު މިހާރު ވާނީ އާންމު ކުރެވިފައި. ދެން ރީ-ރަޖިސްޓްރޭޝަނަށް ބަލާލާއިރު ރީ-ރަޖިސްޓްރޭޝަނަށް އަޅުގަނޑުމެން ހުޅުވާލާނީ 13 އޭޕްރިލްގައި ފުރުސަތު ދިނުމަށް ހަމަޖެހިފައި މިވަނީ،" އަޒީފާ ވިދާޅުވި އެވެ. "އެންމެ ފަހުން މި ބޭއްވި ތަނުގައި ހަމަ ކޮންޓިނިއު ކުރާނީ. މިސާލަކަށް މާލޭގައި ވެއްޖެއްޔާ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މީހުން ހަމަ މާލޭގައި މިގޮތަށް ރަޖިސްޓާ ކޮށްފައި. އޭގެ އިތުރަށް އެހެން ތަނަކަށް ރެޖިސްޓާ ވާން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވޭނެ."
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ، މި މަހުގެ 4 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ވޯޓު ބާއްވާ ދާއިރާތަކުގެ ފައިނަލް ލިސްޓުގައިވާ ފަރާތްތަކާއި، 18 އަހަރު ފުރުމުން ލިސްޓަށް އަލަށް އިތުރުވި ފަރާތްތައް އެކަންޏެވެ. އެގޮތުން، 5 ދާއިރާއަށް އަލަށް ވޯޓުލުމުގެ ހައްގު 7 މީހަކަށް ލިބޭ ކަމަށް އީސީ އިން ބުނެ އެވެ.
"ޖަބް ވީ މެޓް"ގެ ދެވަނަ ބައެއް ފެނިދާނެތަ؟
އުއްބައްތީގެ ހުޅުކޮޅަށް ނޫރު ބަލާފޫހި ނުވޭ
މަޝްވަރާތަކަށް 14 ގަޑިއިރު، އަދިވެސް އެއްބަސްނުވެވޭ ކަންކަން ގިނަ