ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ މިއަދު ނިޔާވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ޑެންގީގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ށ. މިލަންދުއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ. މިދިޔަ ހަފުތާގައި ހުން އައިސްގެން 23 އަހަރުގެ އެ ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ، މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން ދެން ފޮނުވާލީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. އައިޖީއެމްއެޗަށް ފަރުވާއަށް ގެނައީ އިއްޔެ އެވެ.
ޑެންގީގެ ކޭސްތައް ރިޕޯޓުކުރި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިދިޔަ މަހު ޑެންގީ ޖެހިގެން 535 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި ކޭސްގެ އަދަދު އުޅެނީ 60 ގަ އެވެ. މިދިޔަ ފެބްރުއަރީ މަހު ޑެންގީ ޖެހިގެން 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީ މަތީން ވެސް ގެއަށް
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!
