ޓްރީ ޓޮޕް ހޮސްޕިޓަލުގެ މި އަހަރުގެ ފުރަތަމަ ހެލްތު ކޭމްޕް ށ. ފުނަދޫގައި ކާމިޔާބުކަމާއެކު ބާއްވައިފި އެވެ.
މި މަހުގެ 10 އިން 11 އަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޭމްޕަކީ ށ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދިޔަހަރަކާތެކެވެ.
މި ހެލްތު ކޭމްޕުގެ މައިގަނޑު މަގްސަދަކީ މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ މަޝްވަރާ ހޯދުމުގެ ފުރުސަތު އެ ސަރަހައްދުގެ ރައްޔިތުންނަށާއި ރިސޯޓު މުވައްޒަފުންނަށް ފަހިކޮށްދިނުމެވެ.
މި ހެލްތް ކޭމްޕްގައި ވަނީ 350 ބައިވެރިވެފަ އެވެ. މިއީ އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދިޔަ 17ވަނަ ސިއްހީ ކޭމްޕެވެ.
މިހަރަކާތުގެ ޒަރީއާއިން 4000 ވުރެ ގިނަ މީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި ހިދުމަތްތައް ވަނީ ފޯރުކޮށްދެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ކޭމްޕުގައި ބައިވެރިވި ހާއްސަ ޑޮކްޓަރުންގެ ޓީމު
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތް ހާއްސަ ޑޮކްޓަރަކު ބައިވެރިވެވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކަށީގެ ބަލިތައް (އޮތޮޕީޑިކް) - ޑރ. މުހައްމަދު ހަބީބު އަދި ޑރ. އަލީ މުޒްނީ
ނާރުގެ އޮޕަރޭޝަން (ނިއުރޯސާޖަރީ) - ޑރ. އަނީޝް މާން ސިންގް
ހަމުގެ ބަލިތައް (ޑާމަޓޮލޮޖީ) - ޑރ. އަނޫ އަގަރްވާލް
ހޯމޯންގެ ބަލިތައް (އެންޑޯކްރިނޮލޮޖީ) - ޑރ. ޕަންކަޖް ޕަޓަވާރީ
ފުއްޕާމޭގެ ބަލިތައް (ޕަލްމޮނޮލޮޖީ) - ޑރ. ނަޒްމީ ލަތީފް
ކުޑަކަމުދާ ނިޒާމުގެ ބަލިތައް (ޔޫރޮލޮޖީ) - ޑރ. މެހެމެތު އޮޑާ
މި ކޭމްޕުގައި ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުނ،ް ށ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށާއި މައުލޫމާތު މުއްސަނދިކުރުމަށް ހާއްސަ ސެޝަންތަކެއް ވަނީ ބާއްވާފަ އެވެ.
މި ހަރަކާތް ކާމިޔާބީއާ ހަމައަށް ވާސިލުކޮށްދިނުމުގައި ށ. އަތޮޅު ހޮސްޕިޓަލާއ،ި ފުނަދޫ ކައުންސިލްގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު އެއްބާރުލުމެއްދީފައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށ،ް ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއ،ި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޣައްސާން ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާދެއްވައިފި
ސީލައިފް އަންމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފި
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
