ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ތިމާވެށީގެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައި މިވަނީ، ގާނާގައި ހުންނަ ސީވީއެފްގެ ހެޑްކުއާޓަރުގައި އަދާކުރެއްވި އެމަނިކުފާނުގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު މަހު އަމަލީ ގޮތުން ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތުމަށްފަހު، މިފަހުން ރައީސް ނަޝީދު ވަނީ އަނެއްކާވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ފަށްޓަވާފަ އެވެ.
ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ރޭ ކުރެއްވި ޕޯސްޓެއްގައި "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވުމަށް ވަނީ ގޮވާލައްވާފަ އެވެ. ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ބަދަލުވަމުންދާ ވަގުތެއްގައިކަން ފަހާގަކޮށްލެވެއެވެ.
ކާތިކްގެ "ނާގްޒިލާ" ފަސްކޮށްފި
އެމެރިކާ އާއި އީރާނުގެ މަޝްވަރާތައް ބާއްވާނެ ތާރީހެއް ކަނޑަނާޅާ
މި ދުވަސްވަރު ކެއިންބުއިމުގައި ސަމާލުކަން ދޭންވީ ދެތިން ކަމެއް!