ސަރުކާރު ކުންފުނިތަކުގައި 42،000 އެއްހައި މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި 42،000 މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
"އެސްއޯއީ ތަކަކީ އަބަދުވެސް ހަޔަރިން އަދި ފަޔަރިން އޮންނާނެ [ތަންތަން]. އަޅުގަނޑުމެންގެ އެސްޓިމޭޓަކީ42،000 ތިބޭނެޔޭ އެސްއޯއީތަކުގެ ވަޒީފާތަކުގައި. ކުންފުނިތަކުން އެ ޑޭޓާ ބަލަހައްޓާނީ. އަޅުގަނޑުމެންގެ މިހާރުގެ އެސްޓިމޭޓަކީ 42،000 ތިބޭނެޔޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އިއްޔެ ވަނީ އަންގާފަ އެވެ.
އެކަމަކު ޒަމީރު ވިދާޅުވީ ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ހުންނަގޮތުން 33 ޕަސެންޓް މުވައްޒަފުން ވަކިކުރަން ނުޖެހޭނެ ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ އައިލެންޑް އޭވިއޭޝަނެވެ.
ކުންފުނިތަކުން މުވައްޒަފުން ވަކިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކަމަށް ބުނެ ސަރުކާރުން ފިޔަވަޅުތައް އަޅަން ފެށީ ހަނގުރާމަ މެދުކަނޑާލި ފަހުންނެވެ. ހަނގުރާމައިގެ ސަބަބުން ޓޫރިސްޓުންގެ އަދަދު އިންތިހާއަށް މަދުވެގެންދިޔަ ދަނޑިވަޅުތަކުގައި ވެސް ސަރުކާރުން ދިޔައީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް ޝަތުރުކޮށް ލިމިޓެއް ނެތި ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާތައް ދެމުންނެވެ.
ޕީއެންސީއަށް 3 ގޮނޑި، 2 ގޮނޑި އެމްޑީޕީ އާއި އަމިއްލަ ކެންޑިޑޭޓް
ތޫނުއެއްޗަކުން ކަރަށް ހަމަލާދިން ބިދޭސީއަކު އައިސީޔޫގައި!
އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު ފަސްކުރަން އެދިއްޖެ
