މި ސަރުކާރުގައި އެމްޕީއެލްގެ ތިން ވަނަ ސީއީއޯ ކަމަށް ނަންބަރ ރސ 2861، ހުސައިން ޝަފީގު އައްޔަންކޮށްފި އެވެ.
ޕީސީބީން ބުނީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި ސީއީއޯ ކަމުގެ އިތުރުން މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މިއަދުން ފެށިގެން ޝަފީގު އައްޔަންކޮށްފައިވާ ކަމަށެވެ.
ޝަފީގާ ބެހޭ އިތުރު ތަފްސީލެއް އެ ބޯޑުން ހާމަކޮށްފައެއްނުވެ އެވެ.
މި ސަރުކާރުގައި އެމްޕީއެލްގެ ފުރަތަމަ ސީއީއޯ އަކަށް އައްޔަންކުރީ މުހައްމަދު ވަޖީހު އިބްރާހީމެވެ. ނަމަވެެސް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ރައީސް މުހައްމަދު މުއިއްޒާ ޖެހުނު މައްސަލައަކާ ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. ވަޖީހަކީ އަބްދުއްރަހީމްގެ ދަރިކަނބަލެއްގެ ބަފައިބެ އެވެ.
ދެން އެ މަގާމަށް އައްޔަންކުރީ ކުރީގެ ޑެޕިޔުޓީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޝްވާނެވެ. ކައުންސިލް އިންތިހާބުގެ ނާކާމިޔާބީއަށްފަހު ރައީސް މުއިއްޒުގެ އެންގެވުމަށް އޭނާ ވަނީ އިސްތިއުފާދެއްވާފަ އެވެ.
ސާޖިދުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމަށް މަޝްހޫރު ގިނަ ނަންތަކެއް!
ޑިޖިޓަލް މީޑިއާގެ އަސަރުތަކުން ދަރިން ރައްކާތެރި ކުރާނީ ކިހިނެއް؟

ނަތީޖާ ނުނެރެވޭ ކަމަށް ވާނަމަ ކޮންމެ މީހަކު ވެސް ޖެހޭނީ އިސްތިއުފާ ދޭން