އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާއަށް ޖެހުނު ޕްރޮސްޓޭޓް ކެންސަރަށް ފަރުވާކޮށް، ރަނގަޅު ވެއްޖެކަމަށް ބުނެފި އެވެ.
އުމުރުން 76 އަހަރުގެ ނަތަންޔާހޫ އެކްސް މެދުވެރިކޮށް ހާމަކުރި ގޮތުގައި، ޑޮކްޓަރުންނަށް އޭނާގެ ޕްރޮސްޓޭޓުން ކެންސަރުގެ ޓިއުމަރެއް ފެނުނީ ވަރަށް ކުރީކޮޅުގަ އެވެ. މިކަން ހިނގި ވަކި ތާރީހެއް އޭނާ ހާމަނުކުރި ނަމަވެސް، އެ ބަލި ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
އެ ބައްޔާއެކު އުޅުމުގެ އިހްތިޔާރު ޑޮކްޓަރުން ދިން ނަމަވެސް، އޭނާ އިސްކަންދިނީ ފަރުވާ ހޯއްދެވުމަށް ކަމަށް ނަތަންޔާހޫ ބުންޏެވެ. މި ޓިއުމަރު ފެނިފައިވަނީ، މީގެ އަހަރެއްހާ ދުވަސް ކުރިން ޕްރޮސްޓޭޓް ދުޅަވުމާ ގުޅިގެން ކުރި ސާޖަރީއަކަށްފަހު، ގަވާއިދުން ހަދަމުންދިޔަ މެޑިކަލް ޗެކްއަޕެއްގެ ތެރެއިން ކަމަށްވެސް އޭނާ ބުންޏެވެ.
އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރަމުން އަންނަ ނަތަންޔާހޫ ގަސްދުކުރަނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އަލުން ވާދަކުރުމަށެވެ.
ނަތަންޔާހޫ މިކަން ހާމަކޮށްވާފައިވަނީ އޭޕްރީލް 24 ވަނަ ދުވަހު އާންމުކުރި އޭނާގެ އަހަރީ މެޑިކަލް ރިޕޯޓާ އެކުގަ އެވެ. މި ރިޕޯޓު އާންމުކުރުން ދެ މަސްދުވަހަށް ލަސްކުރީ، އީރާނުން އިޒްރޭލާ ދެކޮޅަށް ދޮގު ޕްރޮޕަގަންޑާ ފެތުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެއްބަސްވުމާ ހިލާފުވެ، އިޒްރޭލުން ލުބްނާނަށް ހަމަލަދޭން ފަށައިފި
"ކާށްޓެއް ބިނދެގެން ޗައިނާއަށް" ދެވޭ ނަސީބުވެރި ފަރާތް ހޮވައިފި
ހޮރްމޫޒުން ދަތުރުކުރާ ސްޕެއިން ބޯޓުތަކުން ފީ ނުނަގަން ނިންމައިފި