ފެނަކަ ކޯޕަރޭޝަނަށް މި ސަރުކާރުން އައްޔަންކުރާ ތިން ވަނަ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު މުޙައްމަދު ޢަފީފް ޙުސައިން އައްޔަންކޮށްފި އެވެ.
އެންމެ ފުރަތަމަ މި ސަރުކާރުން ފެނަކައަށް އައްޔަންކުރި މުއާޒު މުހައްމަދު ރަޝީދު އަމިއްލަފުޅަށް ވަނީ އިސްތިއުފާދެއްވާފަ އެވެ. އެއަށްފަހު އައްޔަންކުރި، މުހައްމަދު ނަޖާހު ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވަކިކޮށްފަ އެވެ.
ޕީސީބީން ބުނީ، ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސައިން މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ.
ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ އަފީފް މީގެ ކުރިން ވަނީ ޝަރީއާގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ. އަދި، ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީން ބޯޑް އެގްޒެކެޓިވް ސެޓްފިކެޓް އިން ޑައިރެކްޓާޝިޕް ފުރިހަމަކުރައްވާފައިވެ އެވެ.
އެންމެ ފަހުން އަފީފު ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގައެވެ. އަދި، މީގެ ކުރިން އޭނާ ވަނީ ސްޓެލްކޯ އާއި ފެނަކައިގެ ޗެއާމަންކަން ވެސް ކުރައްވާފަ އެވެ.
ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ބޮޑު ބަދަލާއި އެކު ކުރިމަތިލާން ޖެހޭނީ 2023 ގެ ނާކާމިޔާބީއާ
އާލިއާ ބޭނުންވަނީ ރަހާ އެތުލީޓަކަށް ވާން
