ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ލަމްއާން އެމްޕީއެލްގެ ބޯޑު މެމްބަރު ކަމަށް ޑިމޯޓްކޮށްފި އެވެ.
ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުގެ މަގާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްއާން، މިއަދުން ފެށިގެން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ ބޯޑުގައި ކުރިން ހުންނެވި އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ޒިޔަތު ވަކިކޮށްފައިވާ ކަމަށް ވެސް ޕީސީބީން ބުންޏެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުންޏަށް ލަމްއާން އައްޔަންކުރީ ފެބްރުއަރީ 1، 2024 ގަ އެވެ.
ލަމްްއާން އެމްއޭސީލްގައި ހުންނެވި ދުވަސްވަރު ކޮރަޕްޝަންގެ އެކި އަމަލްތައް ހިންގާ ކަަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެ އެވެ. ނަމަވެސް އެއިން އެއްވެސް މައްސަލައެއް މިހާތަނަށް އޭސީސީން ބަލައި ފިޔަވަޅު އެޅި ކަމެއް އެނގިފައެއް ނުވެ އެވެ.
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން މަގާމުން ވަކިކޮށްފި
ޓީއެމްއޭ އާއި މަންޓާ އެއާގެ މުސާރަތައް ކުޑަކުރަނީ