މާލޭގައި ދިރިއުޅޭ މަސައްކަތު އާބާދީގެ 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ލޭބާ ފޯސް ރިޕޯޓުގައި ބުނެފި އެވެ.
މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް އެމްބީއެސް އިން މިދިޔަ ހުކުރު ދުވަހު އާންމުކުރި "ލޭބާ ފޯސް ރިޕޯޓު 2024-2025" ގައި ބުނީ މާލޭގައި މަސައްކަތްކުރާ އުމުރުގެ (15 އަހަރުން މަތީގެ) އާބާދީއަކީ 188,062 ކަމަށެވެ.
މަސައްކަތު އާބާދީގެ ޖުމްލައަކީ 188،062 މީހުންނެވެ. އޭގެތެރެއިން 68 ޕަސެންޓަކީ ދިވެހިންނެވެ. އަދި 32 ޕަސެންޓަކީ ބިދޭސީންނެވެ.
ޖުމްލަ އާބާދީގެ ތެރެއިން 144,328 މީހުންނަކީ މަސައްކަތުގެ ބާޒާރުގައި ހިމެނޭ މީހުންނެވެ. ޖުމްލަ 141,039 މީހަކު ވަޒީފާގައި އުޅޭއިރު، އޭގެ ތެރޭގައި ހިމެނެނީ 102,818 ފިރިހެނުންނާއި 38,221 އަންހެނުންނެވެ. ވަޒީފާ ނެތް މީހުންގެ އަދަދަކީ 3,289 އެވެ. އޭގެ ތެރެއިން 3،150 މީހުންނަކީ ދިވެހިންނެވެ.
ދައުލަތުގެ އެކި މުއައްސަސާތަކުގައި 44,015 މީހުން މަސައްކަތްކުރާ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެވެ. މާލޭގެ ވަޒީފާގެ ބާޒާރުގައި އުޅޭ ބިދޭސީންގެ 88.6 ޕަސެންޓު މަސައްކަތްކުރަނީ އަމިއްލަ ވިޔަފާރިތަކުގައި ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.
މަންމާ އާއި ދަރިފުޅު އެކުގައި މަރުވެފައި އޮތް އަސަރުގަދަ ފޮޓޯއެއް
ބޭރުގައި ދެން ބޭނުންކުރެވޭނީ ފުރާ މީހުންގެ ކާޑު: ބީއެމްއެލް
