މި އަހަރުގެ ކޭންސް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އައިޝްވާރިޔާ ރާއީ ބައްޗަންއާއެކު ޒުވާން ތަރި އާލިއާ ބަޓް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފްރާންސްގައި ބާއްވާ މި ފެސްޓިވަލަށް ދިއުމަށްޓަކައި އާލިއާ ބަޓް މިހާރު ވަނީ މުމްބާއީ އެއާޕޯޓުން ފުރާފަ އެވެ. އާލިއާ މި ފެސްޓިވަލްގައި ބައިވެރިވަނީ ބައިނަލްއަގުވާމީ ބިއުޓީ ބްރޭންޑެއް ކަމަށްވާ ލޮރިއަލް ޕެރިސްގެ ފަރާތުންނެވެ. މިއީ އާލިއާ ކޭންސްގައި ބައިވެރިވާ ދެވަނަ ފަހަރެވެ.
މި ދަތުރާ ގުޅޭގޮތުން ވާހަކަ ދައްކަމުން އާލިއާ ބުނީ، މިދިޔަ އަހަރުގެ ތަޖުރިބާ އަކީ ވަރަށް ހާއްސަ އަދި ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް ކަމަށެވެ. އެއާއެކުމި އަހަރު އަލުން އެނބުރި ދެވޭތީ ވަރަށް އުފާވާ ކަމަށާއި، މި ފެސްޓިވަލަކީ އަންހެނުންގެ އަޑުތައް އިއްވައިދޭ އަދި އަންހެނުން ބާރުވެރިކުރުވާ މާހައުލެއް އޮންނަ ތަނެއް ކަމަށް އޭނާ ފާހަގަކުރި އެވެ.
މީގެ އިތުރުން، ކާންސްގެ ރެޑް ކާޕެޓުން އަބަދުވެސް ފެންނަ އައިޝްވާރިޔާ ރާއީ ބައްޗަން ވެސް މި އަހަރުގެ ފެސްޓިވަލުން ފެނިގެންދާނެ އެވެ. އައިޝްވާރިޔާ އަކީ ގިނަ އަހަރުތަކެއް ވަންދެން މި ފެސްޓިވަލްގެ ރެޑް ކާޕެޓުން ފެންނަ، އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަރި އެވެ.
މި ދެ ތަރިންގެ އިތުރުން ކަރަން ޖޯހަރް، ތާރާ ސުތާރިއާ، މޯނީ ރޯއި އަދި އަމީ ވިރްކް ފަދަ ތަރިން ވެސް މި ފަހަރުގެ ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށް ބެލެވެއެވެ.
77 ވަނަ ކާންސް ފިލްމު ފެސްޓިވަލް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ. މި ފެސްޓިވަލްގައި އިންޑިއާގެ ސިނަމާގެ އެކި ދާއިރާތަކުން ގިނަ ފަންނާނުންތަކެއް ބައިވެރިވެ، އިންޑިއާގެ ފަންނުވެރިކަން ދައްކާލާނެ އެވެ.
ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސްތަކަށް އަދަދު ވަނުން މަނާ!
ސުވާލެއް ކުރުމުން ޝަހުޒާން ރައީސް އޮފީހުން ނެރެލައިފި
އަދަދު ނޫހުގެ ވެރިންނަށް ކުރި ދައުވާ އަނބުރާ ގެންދަން ގޮވާލައިފި